އައްޑޫ ސިޓީ ކައުންސިލުން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އަމަލުކުރި މައްސަލައެއްގައި 30 މިލިއަން ރުފިޔާއިން އެ ކައުންސިލް ޖޫރިމަނާކުރުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ،އީޕީއޭއިން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާކުރަން ނިންމީ ހިތަދޫގެ ރުއްޖެހެރަ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުނު މައްސަލައިގައެވެ.
އީޕީއޭއިން ބުނީ ރުއްޖެހެރަ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ފެންގަނޑެއް ކޮނުނު ކަމުގެ ޝަކުވާ ލިބިގެން ބެލިއިރު، 17،000 އަކަ މީޓަރުގެ ބިން ސާފުކޮށްފައިވާކަމަށެވެ. އަދި އެ ސަރަހައްދުން 1700 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަމަށްވެސް އީޕީއޭއިން ބުނެއެވެ.
މި މައްސަލައިގައި އީޕީއޭއިން ވަނީ ސީޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މީގެކުރިންވެސް ސަރުކާރުގެ ބައެއް އިދާރާތަކަށް މިފަދަ ޖޫރިމަނާތައް އައިސްފައި އެބަހުއްޓެވެ. ނަމަވެސް މިއީ ތިމާވެށީގެ މައްސަލައެއްގައި ދައުލަތުގެ އިދާރާއެއް މިހާ ބޮޑު އަދަދަކުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
އީޕީއޭއިން ވަނީ 30 މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް 1 މަސް ދުވަހުގެ މުއްދަތެއް ކައުންސިލަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު