މިދިޔަ އަހަރުގެ ފަހުކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 741 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން ނިމުނު ކުއާޓަރުގައި އެމްޓީސީސީއަށް 741 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރު ނުވަތަ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާބަލާއިރު 24 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 593 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީއަކީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 1.9 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު 26 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ނިމޭއިރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް އެމްޓީސީސީން ވަނީ މީގެކުރިން ލަފާކޮށްފައިއެވެ.
މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، އެކުންފުންޏަށް ލިބުނު ސާފު ފައިދާވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި، 30.2 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 40.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އެމްޓީސީސީން ބުނީ ސާފު ފައިދާ ދަށަށް ދިޔައީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދިޔުމާއި ގުޅިގެންކަމަށެވެ.
4 ވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 125 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިއެވެ. އަދި 8 މަޝްރޫއެއް ނިންމާލާފައިވާއިރު 15 މަޝްރޫޢެއް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު