އެމްޑީޕީ ބައިބައިކޮށްލުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވަނީ ޑީއާރުޕީ ބައިބައިކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެންގުޅުއްވި އުކުޅުތައްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ އެމްޑީޕީގެ މެމްބަރުންގެ ނިންމެވުން ގަބޫލު ނުކުރައްވާ، ކުރީގެ ރައީސް މައުމޫން ޑީއާރުޕީ ބައިބައިކުރި ގޮތަށް އެމްޑީޕީ ބައިބައިކޮށް އައު ޕާޓީއެއް އުފައްދަންކަމަށެވެ. އަދި މިއީ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މައުމޫނަށް ޑީއާރުޕީ ބައިބައިކޮށްލެވުނަސް، އެމްއާރުއެމް އުފައްދައިގެން ވެރިިކަމުގައި އޮތް ޕީޕީއެމް ބައިބައި ނުކުރެވުނުކަމަށެވެ. އަދި އެކަމުން އެނގެނީ ވެރިކަމުގައި އޮތް ޕާޓީ ބައިބައިކޮށްލުން ފަސޭހަނުވާނެކަން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީ ބައިބައިކޮށްލުމަށް ނަޝީދު ގެންގުޅެނީ ރައީސް މައުމޫނުގެ އުކުޅުތައްކަމަށެވެ. އަދި މައުމޫން އުފެއްދެވި ޒެޑް-ޑީއާރުޕީއާއި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ތަފާތެއް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު އެ ހިންގަވަނީ ރައީސް މައުމޫން ހިންގެވި މަގުންކަމަށާއި، މިއީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފެއިލްކޮށްލުމަށް ކުރާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ޝަރީފް ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައި މިވަނީ ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ފިކުރެއް އުފައްދައިގެން ސިޔާސީ ހަރަކާތެއް ހިންގަވާނެކަމަށް ރައީސް ނަޝީދު އިއުލާންކުރެއްވުމާއި ގުޅިގެންނެވެ.

Z-DRP aa dhaadhi eggothah vaki faction ufedhumaa party gavaaidhu ga bayaan kuraa gofi thah hedhumaa varah thafaathu. Mihaaruves party ga ethah satheyka goipeh eba oi. Alah vanna memberunnah ves gofi hedheyne. E fadha hingaanee party ge asaasee qavaaidhaa eggothah
— Ibrahim Shareef (@AdduShareef) January 31, 2023
ޝަރީފް ވިދާޅުވީ މައުމޫނަށް ޑީއާރުޕީ ބައިބައިކޮށްލެވުނަސް، އެމްއާރުއެމް އުފައްދައިގެން ވެރިިކަމުގައި އޮތް ޕީޕީއެމް ބައިބައި ނުކުރެވުނުކަމަށެވެ. އަދި އެކަމުން އެނގެނީ ވެރިކަމުގައި އޮތް ޕާޓީ ބައިބައިކޮށްލުން ފަސޭހަނުވާނެކަން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީ ބައިބައިކޮށްލުމަށް ނަޝީދު ގެންގުޅެނީ ރައީސް މައުމޫނުގެ އުކުޅުތައްކަމަށެވެ. އަދި މައުމޫން އުފެއްދެވި ޒެޑް-ޑީއާރުޕީއާއި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ތަފާތެއް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު އެ ހިންގަވަނީ ރައީސް މައުމޫން ހިންގެވި މަގުންކަމަށާއި، މިއީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފެއިލްކޮށްލުމަށް ކުރާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
DRP bai kollevumah MAG beyun kurevvi tactics @MohamedNasheed ves MDP bai bai koh roolhaalumah beynun kurevvumah e visnavanee. FikureggeDhirun faction aa Z-DRP faction akaa thafaatheh nei
— Ibrahim Shareef (@AdduShareef) January 31, 2023
އައްޑޫ ޝަރީފް ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައި މިވަނީ ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ފިކުރެއް އުފައްދައިގެން ސިޔާސީ ހަރަކާތެއް ހިންގަވާނެކަމަށް ރައީސް ނަޝީދު އިއުލާންކުރެއްވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު