އެމްޑީޕީއަށް ދިމާވެފައިވަނީ ވަރަށް ބޮޑު އިމްތިހާނެއް ކަމަށާއި އެކުވެރިކަމާއެކު އެކަން ހައްލުކުރެވޭނެ ކަމަށް އެޕާޓީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެވަޑަައިގެންނެވި ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
މިފަހުގެ ތާރީހެއްގައި އެމްޑީޕީގައި ބޭއްވި އެންމެ ވާދަވެރި އެެއް އިންތިޚާބު މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ބޮޑެތި ހަަމަނުޖެހުންތަކެއް އުފެދުނު އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި ވާދަކުރަށްވައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރަށްވާފައެވެ.
އެޕްރައިމަރީގައި ބަލި ގަބޫލުކުރަށްވަން ދެކޮޅު ހެއްދެވުމަށްފަހު ފަހުން ރައީސް ނަޝީދު ވަނީ ބަލި ގަބޫލު ކުރަށްވާފައެވެ. އެހެން ނަމަވެސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރަށްވައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ހަރަކާތްތަކެއް ހިންގަވަން ނިންމަވާފައެވެ.
ނަޝީދުގެ އެ ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެޕާޓީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެވަޑަައިގެންނެވި ނަފާ ނަސީމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް އެފަދަ ކިތަންމެ އިމްތިހާނުތަކެއް ދިމާވި ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ހިތްވަރާއެކު އެކަންކަން ހައްލުކުރީ އެކުވެރިކަމާއެކު ކަމަށް ނަސީމް ވިދާޅުވިއެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެެއްވި ނަސީމް ވިދާޅުވީ އަދިވެސް އެކަން ކުރެވޭނެ ކަމަށާއި، އެކުވެރިކަމަކީ ބާރެއް ކަމަށެވެ. އަދި ވަކިވެދިޔުމަކީ ނެތިދިޔުމެެއް ކަމަށާއި މުހިންމީ މީހުން ނޫން ކަމަށް ނަސީމް ވިދާޅުވިއެވެ. ހުރިހާ ކަމަކަށްވުރެ މުހިންމީ ޕާޓީކަމަށް ނަސީމް ވިދާޅުވިއެވެ.
"ކޮންމެ މީހަކު ބުންޏަސް ހަނދާން ބަހައްޓަވާ! ބައިބައި ވުމުގައި ދިރުމެއް ނުވާނެ، ދިރުން ވަނީ އެކުވެރިކަމުގައި، ރުޅި ކޮންޓްރޯލް ކުރައްވާ! އީގޯ އެއްކައިރި ކުރައްވާ!" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރާނެ ގޮތުގެ އިރުޝާދު ދެއްވަމުން، މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވިއެވެ.
ނަޝީދުގެ އެ ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވަނީ އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
"ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ހަރަކާތްތަކެއް ހިންގަވަން ނަޝީދު ނިންމެވިއިރު ޕްރައިމަރީއަށްފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނާއެކު އެކުގައި މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދައުވަތު ދެއްވާފައެވެ.

އެމްޑީޕީ މެންބަރުންނަށް މިފަދަ ކިތަންމެ އިމްތިހާނުތަކެއް ދިމާވި. އެމްޑީޕީ މެންބަރުންގެ ހިތްވަރާއެކު ހުރިހާކަމެއް ހައްލުކުރީ އެކުވެރިކަމާއެކު. އަދިވެސް އެކަން އެހެންކުރެވޭނެ. ބުއްދިވެރިން ބުނާހެން. އެކުވުމަކީ ބާރެއް، ވަކިވުމަކީ ނެތިދިއުމެއް. މުހިއްމީ މީހުނެއް ނޫން. މުހިއްމީ ޕާޓީ
— NafaNaseem (@monasibnaseem) January 30, 2023
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެެއްވި ނަސީމް ވިދާޅުވީ އަދިވެސް އެކަން ކުރެވޭނެ ކަމަށާއި، އެކުވެރިކަމަކީ ބާރެއް ކަމަށެވެ. އަދި ވަކިވެދިޔުމަކީ ނެތިދިޔުމެެއް ކަމަށާއި މުހިންމީ މީހުން ނޫން ކަމަށް ނަސީމް ވިދާޅުވިއެވެ. ހުރިހާ ކަމަކަށްވުރެ މުހިންމީ ޕާޓީކަމަށް ނަސީމް ވިދާޅުވިއެވެ.
"ކޮންމެ މީހަކު ބުންޏަސް ހަނދާން ބަހައްޓަވާ! ބައިބައި ވުމުގައި ދިރުމެއް ނުވާނެ، ދިރުން ވަނީ އެކުވެރިކަމުގައި، ރުޅި ކޮންޓްރޯލް ކުރައްވާ! އީގޯ އެއްކައިރި ކުރައްވާ!" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރާނެ ގޮތުގެ އިރުޝާދު ދެއްވަމުން، މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވިއެވެ.
ނަޝީދުގެ އެ ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވަނީ އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
"ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ހަރަކާތްތަކެއް ހިންގަވަން ނަޝީދު ނިންމެވިއިރު ޕްރައިމަރީއަށްފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނާއެކު އެކުގައި މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދައުވަތު ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު