އިސްލާމްދީނާއި ދެކޮޅު ފިކުރު ރާއްޖޭގައި ކުރިއަރުވަން ރައްޔިތުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގެންނެވުމުން، ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރަށްވައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ހަރަކާތްތަކެއް ހިންގަވަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވަނިކޮށެވެ.
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދު ﷲ ވިދާޅުވީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް މަސަައްކަތްކޮށް އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފު ފިކުރުތައް ދިރުވަން ކުރާ މަސައްކަތަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށެެވެ.
"އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ކަނޑައެޅިގެން އިސްލާމްދީނާއި ދެކޮޅު ފިކުރުތަށް މިރާއްޖޭގަައި ދިރުވަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެ ކަން އެނގި އިސްލާހުވެ ހެއުގޮތަށް ބަދަލުވާން އަދިވެސް ނުޖެހޭ ހެއްޔެވެ؟" އިމްރާން ސުވާލު ކުރެއްވިއެވެ.
ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި، އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މެންބަރުން "ފިކުރެއްގެ ދިރުމުގެ" ނަމުގައި ޕާޓީގައި ގޮފިތަކެއް ހެދުމަށް ހުށައަޅުއްވާފައެވެ. އޭގެ އިތުރުން އެބޭފުޅުންނާއެކު ނިކުމެ ރިޔާސީ އިންތިޚާބުގައި "ފިކުރެއްގެ ދިރުމުގެ" ޓީމުން ތާޢީދު ކުރާނެ ކެންޑިޑޭޓެއް ކަނޑަައަޅާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ އެ ނިއްމެވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވަނީ އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

Ehgothakun nuviyya anehgothakunves kandaelhigen islaam dheena dhekolhu fikuruthakeh miraajjeygai dhiruvan dhivehirayyithun jaaga nudheynekan engi,islaahuve heyogothah badhaluvaavi vaguthu adhives nujehey heyyeve.
— Imran Abdulla (@ShimranAb) January 30, 2023
"އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ކަނޑައެޅިގެން އިސްލާމްދީނާއި ދެކޮޅު ފިކުރުތަށް މިރާއްޖޭގަައި ދިރުވަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެ ކަން އެނގި އިސްލާހުވެ ހެއުގޮތަށް ބަދަލުވާން އަދިވެސް ނުޖެހޭ ހެއްޔެވެ؟" އިމްރާން ސުވާލު ކުރެއްވިއެވެ.
ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި، އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މެންބަރުން "ފިކުރެއްގެ ދިރުމުގެ" ނަމުގައި ޕާޓީގައި ގޮފިތަކެއް ހެދުމަށް ހުށައަޅުއްވާފައެވެ. އޭގެ އިތުރުން އެބޭފުޅުންނާއެކު ނިކުމެ ރިޔާސީ އިންތިޚާބުގައި "ފިކުރެއްގެ ދިރުމުގެ" ޓީމުން ތާޢީދު ކުރާނެ ކެންޑިޑޭޓެއް ކަނޑަައަޅާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ އެ ނިއްމެވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވަނީ އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު