ގދ. ފިޔޯރީއާއި ގދ. މަޑަވެލީގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފެނަކައާއި މި މަސައްކަތްތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފިޝަރީޒް މިނިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދެވެ.
މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން އެ ދެ ރަށުގައި ވެސް 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމު ކުރަން ވަނީ ހަމަޖެހިފައެވެ. ކޮންމެ އައިސްޕްލާންޓެއްގެ އަގު 4.89 މިލިއަން ރުފިޔާއަށް އަރާއިރު ދެ ޕްލާންޓްގެ މަސައްކަތް ވެސް ނިންމާން ފެނަކައަށް ދީފައިވަނީ 170 ދުވަހެވެ.
މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސްޕްލާންޓް ގާއިމު ކޮށްފައިވެއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އިތުރު 15 ޕްލާންޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.
އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ފެނަކާއި ހަވާލުކޮށްފައިވާއިރު އައިސްޕްލާންޓްތައް ހިންގުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ހަވާލު ކުރަމުންދަނީ އެ ކުންފުންޏާއެވެ.

ކިޔުންތެރިންގެ ހިޔާލު