ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅައި ރިޔާސީ ކެމްޕޭން ފަށަން އެމްޑީޕީން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި އޭރުން އެހެން ޕާޓީތަކުގެ ބާރު ހުރި ވަރު އެނގޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯލިޝަނެއް ހެދިޔަސް އެމްޑީޕީގެ ހިއްސާ 60 އިންސައްތައަށްވުރެ ބޮޑުވާންޖެހޭނެކަމަށެވެ.



ޝަރީފް ވިދާޅުވީ ކޯލިޝަނާއި ނުލައިވެސް ރައީސް ސާލިހާއެކު އެމްޑީޕީން އިންތިހާބުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު ކުޑަ ނޫންކަމަށެވެ. ނަމަވެސް ކޯލިޝަނެއް އޮތުމުން މާބޮޑަށް ފަސޭހަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާފައިވާއިރު ކުރިއަށް އޮތްތާނގައި ޕާޓީތަކާއެކު ކޯލިޝަން ހެދުމަކީ ގާތްކަމެކެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޕާޓީއަކުން އެފަދަ ވާހަކައެއް ދައްކާފައެއްނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު