އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއިއެކު ވ. ތިނަދޫގައި މިސްކިތެއް ބިނާކުރުމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއިއެކު ވ. ތިނަދޫގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައެވެ.



ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިސްކިތެއް ބިނާކުރުމަކީ ވަރަށް މަތިވެތި ކަމެއްކަމަށާއި އުންމީދަކީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި މިސްކިތް ނިމުންކަމަށެވެ. އަދި މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވާ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމެއް ބޭނުންވާނަމަ، މިނިސްޓްރީން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 185 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު