ރާއްޖޭގައި ފްލޯޓިންގ ސޯލާ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
1.05 މެގަވޮޓްގެ މި ފްލޯޓިން ސޯލާ ޕާކް ތަރައްޤީކުރަނީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައެވެ. މިއީ އެ ރިސޯޓާއި ސްވިމްސޯލް ނަމަކަށް ކިޔާ ކުންފުންޏެއް ގުޅިގެން ކުރާ މަސައްކަތެކެވެ.
ރިސޯޓުން މައުލޫމާތުދޭ ގޮތުގައި މިއީ ރާއްޖޭގެ އެންމެ ބޮޑު ސޯލާ ޕާކަށްވެގެންދާނެކަމަށާއި މިއީ ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ޕްރޮޖެކްޓް ނިމުމާއެކު ތާޖް އެގްޒޯޓިކާ ރިސޯޓް ވެގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ޖަނަރޭޓަރު ބޭނުންކުރުން ރާއްޖޭގައި މުޅިން ހުއްޓާލާ ފުރަތަމަ ރިސޯޓަށެވެ.
ރާއްޖޭގައި ފްލޯޓިންގ ސޯލާ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ރާއްޖެއިން ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލަރ ޕީވީ ހަރުކޮށް، އަވިން ހަކަަތަ އުފެއްދުމުގެ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު