ހައްދުފަހަނައަޅާފައިވާ ބަޔަކު ޑެންމާކުގައި ގުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ކުއްވެރިކޮށްފިއެވެ.
ޑެންމާކުގައި ގުރުއާން އެންދީ ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއެއްކަމަށްވާ ސްޓްރެމް ކަރސްގެ ލީޑަރު ރަސްމުސް މަލުޑަންއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގައި އުޅޭ އެތައް މުސްލިމުންނެއް ރުޅިއެރުވުމަށް ހިންގި މި ދަށުދަރަޖައިގެ އަމަލީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑު ނުރައްކަލެއް އެބައޮތްކަމަށެވެ.
ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއެއްކަމަށްވާ ސްޓްރެމް ކަރސްގެ ލީޑަރު ރަސްމުސް މަލުޑަން ޑެންމާކުގައި ގުރުއާން އަންދާފައިވާއިރު އޭނާ ވަނީ މީގެދުވަސްކޮޅެއް ކުރިން ސްވިޑަންގައިވެސް މިފަދަ އަމަލުތަކެއް ހިންގާފައެވެ
އެގައުމުގެ ސަރުކާރުގެ ތާއީދާއެކު ހިންގި މިއަމަލު ދުނިޔޭގެ އަރަބި އިސްލާމީ ގައުމުތަކުން ވަނީ ކުށްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު