ޑިމޮކްރެޓިކް ހަމަތައް ޤަބޫލުކުރާ ލީޑަރުން ބަލި ޤަބޫލުކުރައްވާނެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލި ގަބޫލު ކުރުމަށް އެޕާޓީގެ މެންބަރުބް ދެކޮޅު ހަދަމުންދާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ. އެގޮތުން އިންތިހާބުގެ ނަތީޖާތައް އިއުލާންކުރުމުން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ވަނީ އިންތިހާބުގައި ވަރަށް ބޮޑު އޮޅުވާލުންތަކެއް ހުރިކަމަށްވެސް ބުނެފައެވެ.

ޝަރީފް މިއަދު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތައް ޤަބޫލުކުރާ ލީޑަރުން ބަލި ޤަބޫލުކުރައްވާނެކަމަށެވެ. އަދި އެފަދަ ބޭފުޅުން އިސްކަންދެއްވާނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް އޮންނަ އުސޫލަކީ ބަލިވުމުން ބަލި ޤަބޫލުކުރުން ކަމަށެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވެވަޑައިގެންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބަލި ޤަބޫލުކުރައްވަން ދެކޮޅު ހައްދަވަމުން ގެންދަވާތީ ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް އެމަނިކުފާނު މިއަދު ވަނީ ބަލި ގަބޫލު ކުރަށްވައި އެކަން އާންމުކޮށް އިއުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު