މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
މ.ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފެށީ މިއަަހަރު ކުރީކޮޅުއެވެ.
މި މަޝްރޫޢުގެ ދަށުން، 5,575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4,108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
މި މަޝްރޫޢުގެ އަގަކީ 22.9 މިލިޔަން ރުފިޔާއެވެ.
ކޮޅުފުއްޓަކީ މުލަކަތޮޅުގެ ދެކުނު ބިތުގައި އޮންނަ އާބާދީގެ ގޮތުން 1،433 މީހުން ދިރިއުޅޭ ރަށެކެވެ. މިވަގުތު ކޮޅުފުށީގައި ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި 100 ހައުސިން ޔުނިޓުގެ އިމާރާތެއް އެޅުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ އިތުރުން ފެނަކައިގެ އައު އޮފީސް އިމާރާތްކުރުމުގެ އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ.@MTCCPlc @governmentmv pic.twitter.com/4st4kzhg7t
— Adam Azim (@adamazim) January 29, 2023
މި މަޝްރޫޢުގެ ދަށުން، 5,575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4,108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
މި މަޝްރޫޢުގެ އަގަކީ 22.9 މިލިޔަން ރުފިޔާއެވެ.
ކޮޅުފުއްޓަކީ މުލަކަތޮޅުގެ ދެކުނު ބިތުގައި އޮންނަ އާބާދީގެ ގޮތުން 1،433 މީހުން ދިރިއުޅޭ ރަށެކެވެ. މިވަގުތު ކޮޅުފުށީގައި ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި 100 ހައުސިން ޔުނިޓުގެ އިމާރާތެއް އެޅުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ އިތުރުން ފެނަކައިގެ އައު އޮފީސް އިމާރާތްކުރުމުގެ އެޅުމުގެ މަސައްކަތް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު