އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ގާބިލްކަން އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްކިބައިގައި ހުރިކަމަށް ގަބޫލުކުރަށްވާ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިހެން ވިދާޅުވީ ހޮނިހިރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ޝޯޝަލް މީޑިޔާގައި އާންމުކުރެއްވި މެސެޖެއްގައެވެ. އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވަރަށް މުހިންމު ޕާޓީއެެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގައި ހިނގާ ކަންތައްތައްތައް ވެސް ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަކީ ގައުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އުގައިލް ވިދާޅުވިއެވެ. އެކަން ދެމެހެއްޓުމުގައި އިޚުތިޔާރާއި ގާބިލްކަން އެމްޑީޕީގެ އެބަހުރި ކަމަށް އުގެއިލް ވިދާޅުވިއެވެ.



އުގެއިލްގެ އެ މެސެޖާ ގުޅިގެން މީހަކު ވަނީ އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ގާބިލްކަން ރައީސް ސާލިޙުގެ އެބަހުރިތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އުގެއިލް ވިދާޅުވީ، ދަތި އުނދަގޫތަކާއި އެކުވެސް އެމްޑީޕީގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ރައީސް މަސައްކަތްޕުޅު ކުރަައްވާ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު އެމްޑީޕީގެ މައި ހަރުގޭގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ އެތެރޭގެ ވާދަވެރިކަން ނިމުނީ ކަމަށް ވިދާޅުވެ ޕްރައިމަރީގައި އެމަނިކުފާނާއި ވާދަކުރެއްވި ރައީސް މުހައްމަދު ނަޝީދަށް އެކުގައި މަސައްކަތް ކުރުމަަށް ދައުވަތު ދެއްވާފައެވެ. ރައީސް ވިދާޅުވީ ޕްރައިމަރީއަށްފަހު އެމްޑީޕީ ދެން ނުކުންނަންވީ އެއްބައެއްގެ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ.

ރައީސް ވިދާޅުވީ، ވާދަވެރި އިންތިހާބެއްގެ ތެރޭގައި ފެންނަން ނުޖެހޭ ބައެއް މަންޒަރުތައް މި ފަހަރު ފެނުނަސް، އެކަމުގެ ހިތްބުރަކަމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި އެމްޑީޕީ ކުރިއަށް ގެންދަން ކުރާ މަސައްކަތުގައި ބައިވެރިވެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

"އަޅުގަނޑު މި ގޮވާލަނީ ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނާއެކު ނިކުމެވަޑައިގެން އެމްޑީޕީ ކުރިއަށް ގެންދިއުމަށް މިކުރާ މަސައްކަތުގައި ބައިވެރިވުމަށް،" ރައީސް ސާލިޙު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު