ރާއްޖޭގެ ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން ކަމަށް ހޯމް މިނިސްޓަަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރަށްވާ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިރޭ ވަނީ ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ރައީސްކަން ކުރާ ހިތްވާ ކޮންމެ ބޭފުޅަކަށް ރައީސްކަން ލިބޭ ނަމަ މި ގައުމުގައި މިހާރު ކިތައް ރައީސުން ތިއްބަވާނެތޯ ސުވާލު ކުރައްވާފަ އެވެ.



އިމްރާން މިމޭރުމުން ވިދާޅުވެފައިމިވަނީ އެމްޑީޕީން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާފައިވަނިކޮށެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރަށްވައި ރައީސް ސާލިޙު ޕްރައިމަރީ ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހް ޕްރައިމަރީގައި 24،566 ވޯޓް ހޯއްދަވާފައި ވެއެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ. ރައީސް ނަޝީދު ވަނީ ޕްރައިމަރީގެ ބަލި ގަބޫލު ކުރަށްވަން ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ގެންދަވަނީ ޕްރައިމަރީގައި ވޯޓް އޮޅުވާލި ކަމަށް ތުހުމަތުކުރައްވަމުންނެވެ.

ޕްރައިމަަރީގެ ނަތީޖާއާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ ރައީސް ސާލިޙު ކަށަވަރުކުރަށްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު