އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މަރަދޫ ދާއިރާއިން ކުރި ހޯއްދެވީ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނެ ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ދާއިރާއިން ކުރި ހޯއްދެވީ ރައީސް ސާލިޙާއި ވާދަކުރެއްވި ކުރީގެ ރައީސް ނަޝީދު ކަމަށް ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ބައެއް ނޫސްތަކުން ޕްރައިމަރީގެ ނަތީޖާއާއި ގުޅޭގޮތުން ހަގީގަތް އޮޅުވާލަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަރަދޫގައި ބެހެއްޓި ވޯޓް ފޮއްޓާއި މާލޭގައި އެދާއިރާގެ މެމްބަރުން ވޯޓްލުމަށް ބެހެއްޓި ވޯޓްފޮށީގެ ނަތީޖާ އެއްކޮށްލުމުން އެ ދާއިރާއިން ވެސް ކުރީގައި އުޅުއްވަނީ ރައީސް ސޯލިހް ކަމަށް ޝަރީފް ވިދާޅުވިއެވެ.



"ބަޔަކު ކިތަންމެ ހިތްދަތިވިއަސް މީ ހަގީގަތް، އެއްފޮށިން 10 ވޯޓް މަދުވީމާ ގޮތްގޮތަށް އަނބުރަނީ،" ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ބޮޑެތި ގޮަންޖެހުންތަކާއި ކުރިމަތިވެވަޑައިގެންނެވި އަދި ފުރައްސާރައާއި އުދަނގޫތައް ގިރާކުރަށްވައި ރަަައީސް ސާލިޙު މަރަދޫ ދާއިރާގެ ކެމްޕޭންގަައި ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރަށްވައި އެމަނިކުފާނަށް ޝުކުރު އަދާކުރަށްވާފައެެވެ.



އެމްޑީޕީގެ ޕްރައިމަރީގެ މަރަދޫގައި ބެހެއްޓި ވޯޓް ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސް ނަޝީދަށް ލިބިވަޑައިގަތީ 286 ވޯޓެވެ. އެއީ ވޯޓްދިން މީހުންގެ 52 އިންސައްތައެވެ. އަދި މަރަދޫ ވޯޓް ފޮށިން ރައީސް ސާލިޙަށް ލިބިވަޑައިގެންފައިވަނީ 276 ވޯޓެވެެ. އެއީ ވޯޓްދިން މީހުންގެ 48 އިންސައްތަ ވޯޓެވެެ.

ނަމަވެސް މަރަދޫ ދާއިރާގެ މީހުން ވޯޓްލުމަށް މާލޭގައި ބެހެއްޓި ވޯޓް ފޮށިން ރައީސް ސާލިހު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އެގޮތުން އެވޯޓުފޮށިން އެމަނިކުފާނަށް ވަނީ 116 ވޯޓް ލިބިވަޑަައިގެންފައެވެ. އެ ވޯޓް ފޮށިން ރައީސް ނަޝީދަށް ލިބިވަޑައިގެންފަައިވަނީ 55 ވޯޓެވެެ.

އެހެންކަމުން މަރަދޫގެ ދެ ފޮށި އެއްކޮށްލުމުން 392 ވޯޓާއެކު އެ ދާއިރާއިން ކުރި ހޯއްދަވާފަައިވަނީ ރައީސް ސާލިޙެެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 341 ވޯޓެެވެ. ޢެ ނަތީޖާއަށް ބަލާއިރު ރަައީސް ސާލިޙާ ނަޝީދާއި ދެމެދު 51 ވޯޓްގެ ފަރަގެއް ހުރިކަން ފާހަގަކުރެވެއެވެ.

މަރަދޫ ދާއިރާއަކީ މީގެ ކުރިން ރައީސް ނަޝީދުގެ ވަރަށް ބޮޑު ތާއިދެއް އޮތް ދާއިރާއެކެެވެ. ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން އެދާއިރާގައި އޮތް ނަޝީދުގެ ތާއިދު ވަރަށް ބޮޑުތަނުން މިވަނީ ދަށަށްގޮސްފައެވެ.



އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫއަށް ނިސްބަތްވާ 5،293 މީހުން ވަނީ ވޯޓުލާފައެެވެ. މުޅި އައްޑޫސިޓީގެ ޖުމުލަ ނަތީޖާއަށް ބަލާއިރު ރައީސް ސޯލިހް ވަނީ 2،757 ވޯޓް ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 52 ޕަސެންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 2،536 ވޯޓެވެ. އައްޑޫގެ އިތުރުން މާލެ ސިޓީއާއި ފުވައްމުލަކުގެ މެޖޯރިޓީ ރައީސް ސާލިޙު ވަނީ ހޯއްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު