ބޭރު ގައުމަކުން ރާއްޖެއަށް ވައިގެ މަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ އިޚްތިޔާރު ލިބޭހެން ގަވައިދެއް އެކުލަވާލައިފިއެވެ.
ސަރުކާރުން ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އެ ގަވާއިދުގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.
އެ ކަން ކުރެވޭނެ ވަކި ހާލަތްތަކެއް ވެސް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެ ހާލަތްތަކުގެ ތެރޭގައި ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން ހިމެނެއެވެ.
ގަވައިދުގައި އެހެން ބުނެފައިވީ ނަމަވެސް އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުން ހިމެނޭ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ނަމަވެސް އެކަން ކުރަންވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނާއަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައި ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ފުލުހުން ހިންގާ މަސްތުވާތަކެއްޗާބެހޭ އޮޕަރޭޝަނަކަށް މި ގަވައިދު ހުރަހެއް ނާޅާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު