އިބްރާހިމް ފަހީމް   29 ޖެނުއަރީ 2023 - 18:52
މާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެއެވެ.

އުމުރުން 15 އަހަރުގެ ޒީކް ނަމަކަށްކިޔާ ކުއްޖަކު ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދުއެވެ.

ފުލުހުން އޭރު ބުނީ، އޭނާ ގެއިން ބޭރަށް ގޮސްފައިވަނީ 2023 ޖެނުއަރީ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށާއި އަދި އޭގެ ފަހުން އޭނާ އެނބުރި ގެއަށް އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ 18:17 ހާއިރު ކަމަށެވެ.

އެކުއްޖާ މިހާރު ފެނިފައިވީނަމަވެސް ކުއްޖާ ފެނުނީ ކޮންތާކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަން ހިނގާދިޔަ ގޮތުގެ އިތުރު ތަފުސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު