މި އަހަރުގެ ފެބުރުވަރީ މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ ކަމަށެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަވަން ޖެހޭނެކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

މިފަހަރު ރިޔާސީ ބަޔާން ވެގެންދާނީ ރައީސް ޞާލިޙްގެ 5 ވަނަ ރިޔާސީ ބަޔާނަށެވެ. އަދި މިއީ މިހިނގާ ރިޔާސީ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާނެވެ.



ކިޔުންތެރިންގެ ހިޔާލު