ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލައިފިއެވެ.
އިއްޔެގެ ހަމަނުޖެހުމުގައި ގދ. ތިނަދޫ އިން އެކަކު، ގދ. ރަތަފަންދޫ އިން 2 މީހަކު އަދި ޅ. އަތޮޅު ދާއިރާގެ ވޯޓު ގުނަމުންދަނިކޮށް ވޯޓު ކަރުދާސްތައް އުކާލި 2 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ ރަށްރަށުގައި ވޯޓު ލުމުގައި ދިމާވި މައްސަލަތައް ހޫނުވެ ބައެއް ފޮށިތައް ވަނީ ފަޅާލާ ވޮޓުލާ މަރުކަޒުން ބޭރަށް ހޫރާލާފައެވެ. އަދި އެ ފޮށިތަކުގައި ހުރި ވޯޓު ކަރުދާސްތައް ވެސް ވަނީ އިރާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލިނަމަވެސް. ވޯޓު ގަޑުބަޑުކޮށް ހަމަނުޖެހުން ހިންގަން މަސައްކަތްކުރި އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ޕާޓީން ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީގެ އިންތިހާބާއި ބެހޭ ކޮމެޓީން ވަނީ ބުނެފައެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި އަންނަ އެތެރޭގެ އިންތިހާބުތަކުގައި ޒިންމާތަކާއި ހަވާލު ނުކުރުންފަދަ ފިޔަވަޅުތައް އެޅިގެންދާނެކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ އާންމު ގޮތެއްގައި އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށްވުރެ އަމާންކޮށް ކުރިއަށްދާ އިންތިހާބުތަކެކެވެ. ނަމަވެސް، އިއްޔެ ފެނިގެން ގޮސްފައިވަނީ މިހާތަނަށް އެތެރޭގެ އިންތިހާބެއްގައި ފެނިގެން ގޮސްފައިނުވާ ހަމަނުޖެހުންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު