އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާއި ބެހޭ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޓްރާންސްޕޯޓުން މިނިސްޓްރީން ބުނި މި ޚިދުމަތް މެދުކަނޑާލަނީ ޑޭޓާ މައިގްރޭޝަންގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ އެގޮތުން މިއަދުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނީކޮށް އަވަސްކަމާއިއެކު ޚިދުމަތް ދިނުމަށްޓަކައި މިހާރު ވެސް ބޭނުންކުރަމުން ގެންދާ ސޮފްޓްވެއަރތައް އެއް ސޮފްޓްވެއަރއަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖުމުލަ 7 ސޮފްޓްވެއަރއެއް އެއް ޕޯޓަލަކަށް މިހާރު ބަދަލުކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސްގެ ހިދުމަތްތައްވެސް ޑިޖިޓަލައިޒް ކުރެވި އަލަށް އުފައްދާފައިވާ ޕޯޓަލް މެދުވެރިކޮށް ދޭން ހަމަޖެހިފައިވާތީ އެ ހިދުމަތް އާ ޕޯޓަލްގައި ރޯލްއައުޓް ކުރަން ނިންމާފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ، މި ބަދަލާއިއެކު ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާގޮތަށް ހަމަޖެއްސިނަމަވެސް، ކޮންމެހެންވެސް ލައިސަންސް ކާޑު ޕްރިންޓްކޮށްގެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި މެދުކަނޑާލުން. pic.twitter.com/WoN2cqBkG4
— Ministry of Transport and Civil Aviation (@MoTCAmv) January 29, 2023
މިނިސްޓްރީން ބުނީ، މި ބަދަލާއިއެކު ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާގޮތަށް ހަމަޖެއްސިނަމަވެސް، ކޮންމެހެންވެސް ލައިސަންސް ކާޑު ޕްރިންޓްކޮށްގެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު