އިއްޔެގެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަައި 7 ފޮއްޓަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވޯޓެއް ނުލިބޭކަން ހާމަވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 282 ވޯޓް ފޮށްޓެއް ބަހައްޓާފައިވެއެވެ.
ވަގުތީ ނަތީޖާތަައް ދައްކާގޮތުން މީގެތެރެއިން 7 ފޮއްޓަކުން ރައީސް ނަޝީދަށް އެއްވެސް ވޯޓެއް ނުލިބެއެވެ. އެއީ ނޮޅިވަރަމް ދާއިރާގެ ފޮއްޓަކާއި، އިނގުރައިދޫ ދާއިރާގެ ފޮއްޓަކާއި މަތިވެރި ދާއިރާގެ ފޮއްޓަކާއި މަހިބަދޫ ދާއިރާގެ ފޮއްޓަކާއި ދަނގެތި ދާއިރާގެ ފޮއްޓަކާއި ކިނބިދޫ ދާއިރާގެ ފޮއްޓަކާއި އަދި ގަމު ދާއިރާގެ ފޮއްޓެކެވެ.
މި ފޮށިތަކުން ރައީސް ނަޝީދަށް އެއްވެސް ވޯޓެއް ލިބިފައި ނުވާއިރު،. މި ފޮށިތަކުގެ 100 އިންސައްތަ އަގްލަބިއްޔަތު ވަނީ ރައީސް ސާލިހު ހޯއްދަވާފައެވެ.
މި އިންތިހާބުގައި ރައީސް ސާލިހު ވަނީ 200 އަށްވުރެ ގިނަ ފޮށިން އަގްލަބިއްޔަތު ހޯއްދަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނާނީ އަދި ފަހުންނެވެ. އެމްޑީޕީން ބުނީ އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ އެއްވެސް މައްސަލައެއް ދިމާނުވާކަމާށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހުއާ ހަވާލުކުރުން އޮންނާނީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު