އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަައި ރާއްޖޭގެ ގިނަ އަތޮޅުތަކާއި ސިޓީތަކުގެ އަގްލަބިއްޔަތު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހޯއްދަވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ އަގްލަބިއްޔަތު ހޯއްދަވާފައެވެ. ރައީސް މުހައްމަދު ނަޝީދަށް އަގްލަބިއްޔަތު ލިބިވަޑައިގަތީ ހަމައެކަނި ކުޅުދުއްފުށީ ސިޓީން އެކަންޏެވެ.
މާލެ ސިޓީއިން ރައީސް ޞާލިޙް ވަނީ 2199 ވޯޓާއެކު 51 އިންސައްތަ ހޯއްދަވާފައެވެ. ރައީސް ނަޝީދަށް މާލެއިން 2155 ވީޓާއެކު ލިބިވަޑައިގަތީ 49 އިންސައްތައެވެ.
އައްޑޫ ސިޓީން ރައީސް ސާލީހު ވަނީ 2757 ވޯޓާއެކު 52 އިންސައްތަ ހޯއްދަވާފައެވެ. ރައީސް ނަޝީދަށް އައްޑޫ ސިޓީން ލިބިވަޑައިގަތީ 48 އިންސައްތަ އެވެ.
ފުވައްމުލަކު ސިޓީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ 773 ވޯޓާއެކު 53 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 699 ވޯޓާއެކު 47 އިންސައްތަ އެވެ.
މީގެއިތުރުން ގއ، ގދ، އަދި ހައްދުންމަތިންވެސް އަގްލަބިއްޔަތު ހޯއްދެވީ ރައީސް ސާލިހެވެ.
އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރެއިން ރައީސް ނަޝީދަށް އަގްލަބިއްޔަތު ލިބުނީ ހަމައެކަނި ކުޅުދުއްފުށީ ސިޓީންނެވެ.
އިންތިހާބުގައި ފާހަގަކޮށްލެވޭޭ އަނެއްކަމަކީ އެންމެ ކުދި އަތޮޅުތަކުގެ އަގްލަބިއްޔަތުވެސް ރައީސް ސާލިހު ހޯއްދަވާފައިވުމެވެ. މިގޮތުން ވ، ފ، މ، އދ. އަދި އއ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކުންހެން 50 އިންސައްތަ ވޯޓު ރައީސް ސާލިހު ހޯއްދެވިއެވެ. އަދި ބައެއް ފޮށިތަކުން ރައީސް ސާލިހު ވަނީ 100 އިންސައްތަވެސް ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު