ކުރީގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގަައި ޖެހުނު ހާލުން އިބްރަތް ހާސިލުކުރަންޖެހޭކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ބާނީ އަދި އެޕާޓީގެ ރޫހާނީ ލީޑަރު ކަމަށް ދެކިގެން އުޅުނު ރައީސް ނަޝީދަށް އެމްޑީޕީގެ އިންތިހާބަކުން ބޮޑު ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުންނެވެ. މިގޮތުން ނިމިދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީގަައި ރައީސް ސާލިހާއި ވާދަކުރައްވާ ރައީސް ނަޝީދު ވަނީ ބޮޑު ތަފާތަކުން ބަލިވެވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ ތެރެއިން މިވަރުގެ ނާކާމިޔާބީއެއް ލިބޭނެކަމީ ގިނަ ބަޔަކު ދުވަހަކުވެސް އުއްމީދު ކުރި ކަމެއްް ނޫނެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގައި ރައިސް ނަޝީދު މި ކުރެއްވި ތަޖުރިބާއަކީ އެހެން ސިޔާސީ ލީޑަރުން އިބުރަތް ހާސިލުކުރަންޖެހޭ ކަމެއްކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕާއި ސަޕޯޓަރުން ރައިސް ޔާމީނަށް ކުރާ އިތުބާރުން އެނގެނީ ގައުމަށް ރައީސް ޔާމީން ބޭނުންވާ މިންވަރުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެމްޑީޕީގައި ރައީސް ނަޝީދު މިކުރެއްވި ތަޖުރިބާއަކީ އެހެން ސިޔާސީ ލީޑަރުން އިބުރަތް ހާސިލު ކުރައްވަންޖެހޭ ކަމެއް! ޕީޕީއެމްގެ ލީޑަރޝިޕާއި ސަޕޯޓަރުން ރައީސް ޔާމީނަށް ކުރާ އިތުބާރާއި އިހުތިރާމާއި ރައީސް ޔާމިން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުން އެނގެނީ ރައީސް ޔާމީން ޤައުމަށް ބޭނުންވާ މިންވަރު." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަައި ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެމަނިކުފާނު ވަނީ މީޑިއާތަކަށް ގެއްލިފައެވެ. އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުންވެސް މިކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް އިންތިހާބު ކުރިއަށްދިޔައިރު ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ އިންތިހާބާަައި ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު