އަހުމަދު މަސްނޫމް   29 ޖެނުއަރީ 2023 - 12:43
އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސާލިހު ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

އަލީ ސާލިހުއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަންއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އަލީ ސާލިހު ބަދަލުކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

ރައީސް ސާލީހު ދޭތެރެދޭތެރެއިން ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނަވައެވެ. އަދި އެމްޑީޕީ ޕްރައިމަރީ ނިމުމާއެކު އިތުރު ބަދަލުތައް ފެނުމަކީވެސް އެކަށީގެންވާކަމެއްކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު