އަހުމަދު މަސްނޫމް   29 ޖެނުއަރީ 2023 - 12:35
އޮލިމްޕަސް މަރާމާތުކޮށް، ވަޞީލަތްތައް އަޕްގްރޭޑްކުރުމަށްފަހު އަލުން ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާއިރު، އޮލިމްޕަސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.

މި ރަސްމިއްޔާތުގައި މުނިފޫނިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރަމުންދާ ފަރާތްތައް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޮލިމްޕަހަށް ގެނެވިފައިވާ ބަދަލުތަކާއި، އަދާހަމަކުރެވިފައިވާ ވަޞީލަތްތައް ދައްކާލުމަށް 5 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހު އާންމުކޮށް މީޑީއާތަކަށް ހުޅުވާލައިގެން ޓުއަރއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އޮލިމްޕަސް ތަރައްގީ ކުރުމުގެ މަސައްކަތަކީ ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެ ދާއިރާގެ ގިނަ ފަންނާނުންގެ ބޮޑެތި ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މަސައްކަތެކެވެ. އެއާއެކު ސަރުކާރުން ދިޔައީ އޮލިމްޕަސް ހުޅުވުމަށް އެކިފަހަރު އެކި ތާރީހުތައް ދެމުންނެވެ.

ސަރުކާރުން ބުނީ ތަން ހުޅުވުން ލަސްވަނީ އެތަނަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ



ކިޔުންތެރިންގެ ހިޔާލު