މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ މެނިފެސްޓޯ އަމާޒުކުރާނީ ފުދުންތެރި ރައްޔިތެއް ބިނާކުރަންކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ ރިސޯޓްތައް ތަރައްގީކޮށްގެން ފައިދާ ނަގަމުންދަނީ މަދު ބަޔަކުކަމަށާއި ދިވެހިންނަށް އޭގެ ފައިދާއެއް ނެތްކަމަށެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި އެކަންކަން ބަދަލުކޮށް، ރައްޔިތުންނަށް ފަހިވާނެ ގޮތަށް ސިޔާސަތުތަައް ބައްޓަންކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަމަށެވެ. އެހެން ނޫނީ ހުރިހާ ބޭރު ފައިސާއެއް ރާއްޖެއިން ބޭރުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެެވެ.
ޝަރީފް ވިދާޅުވީ ހުރިހާ ފަރާތަކުންވެސް މަސައްކަތް ކުރަންވާނީ ދިވެހި ރައްޔިތުންގެ ހައްގުގައިކަމަށެވެ. އަދި ރައްޔިތުންގެ ހައްގު މިންވަރު ހޯދައިދީފައި ނޫނީ އެހެން ބަޔަކަށް އެއްޗެއް ހައްގެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިން ތިބީ ބިކަ ހާލަތެއްގައި، ވިޔަފާރިވެރިންވެސް ދަނީ ބިކަވަމުން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން އުފާވެރިކަމާއެކު އުޅެވޭނެ މުޖްތަމައެއް ބިނާކުރުމަށް. އެމީހުން އުފަލުގައި އުޅޭތަން ދެކެން. އެމީހުން ދަށުނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު އުޅޭނެ ދުވަހެއް އަޅުގަނޑުމެން ބޭނުންވަނީ. އޭރުން ތަރައްގީއޭ ބުނެވޭނީ. މިހާރު އެމަންޒަރެއް ނުފެނޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްއެންޕީން ދަނީ މެނިފެސްޓޯ ތައްޔާރުކުރަމުންކަމަށާއި މުޅި މެނިފެސްޓޯ އަމާޒު ކުރެވިފައި ވަނީ ދިވެހި ރައްޔިތު މީހާ ފުދުންތެރި މީހަކަށް ހެދުމަށްކަމަށެވެ. އަދި ހުރިހާ ސިޔާސަތެއް ހަދާފައި އޮންނާނީ ވެސް އެ މަގުންކަމަށާއި ތަފާތު ފޯރަމްތަކުގައި އެ މައުލޫމާތު ހިއްސާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުން އެމްއެންޕީއަށް ފުރުސަތެއް ދޭންޖެހޭކަމަށާއި ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް އެޕާޓީން ނުކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު