ކުރިއަރާފައިވާ ތަހުޒީބު މުޖްތަމައުަތަކުގައި އަމަލުކުރާ ރީތި ގޮތަކީ އިންތިޚާބުން ބަލިވުމުން ބަލި ގަބޫލުކުރުންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ މައުސޫމް ވިދާޅުވީ ތަހުޒީބު މުޖްތަމައުަތަކުގައި އަމަލުކުރާ ރީތި ގޮތަކީ އިންތިޚާބުން ބަލިވުމުން ބަލި ގަބޫލުކޮށް، މޮޅުވާ ފަރާތަކަށް މަރުހަބާ ދެންނެވުންކަމަށެވެ. އަދި ހާއްސަކޮށް އެހާ ބޮޑު ތަފާތަކުން ބަލިވުމުން ބަލި ގަބޫލުކުރަން ޖެހޭކަމަށް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ބަލި ގަބޫލުކުރުމަކީ ރީތި ގޮތްނަމަވެސް، ބަލި ގަބޫލުނުކޮށް ހުރުމަކީވެސް ޑިމޮކްރަސީގައި ލިބޭ ހައްގެއްކަމަށެވެ. ނަމަވެސް އެއީ މާނައެއް ނެތްކަމެއްގެ ގޮތުގައި މިނިސްޓަރ މައުސޫމް ސިފަކުރެއްވިއެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވެ ވަޑައިގެންނެވުމުންވެސް ބަލި ގަބޫލުކުރަށްވަން ރައީސް ނަޝީދު ދެކޮޅު ހައްދަވަމުން ގެންދާތީއެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން ތުހުމަތުކުރާ ގޮތުގައި އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް އިންތިހާބާއި ބެހޭ ކޮމިޓީން ބުނީ މިއީ އެންމެ ޝަކުވާ މަދު އިންތިޚާބުކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ނެތްކަމަށްވެސް އިންތިހާބު ކަންކަން އިންތިޒާމް ކުރި ކޮމިޓީން މައުލޫމާތުދެއެވެ.

The accepted norm in civlised world on elections is to accept defeat & congratulate the winner, especially in wins with 10% plus margin (as in todays #Maldives @MDPSecretariat #MDPprimary2023).
— Abdulla Mausoom (@Mausoom_Maus) January 28, 2023
But democracy also gives choice to be adamant even though it's utterly meaningless.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވެ ވަޑައިގެންނެވުމުންވެސް ބަލި ގަބޫލުކުރަށްވަން ރައީސް ނަޝީދު ދެކޮޅު ހައްދަވަމުން ގެންދާތީއެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން ތުހުމަތުކުރާ ގޮތުގައި އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް އިންތިހާބާއި ބެހޭ ކޮމިޓީން ބުނީ މިއީ އެންމެ ޝަކުވާ މަދު އިންތިޚާބުކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ނެތްކަމަށްވެސް އިންތިހާބު ކަންކަން އިންތިޒާމް ކުރި ކޮމިޓީން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު