ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަކީ ގައުމު މިވަގުތަށް ސަލާމަތްވުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ސިފަކުރަށްވައިފިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. އެގޮތުން އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވީ 60 އިންސައްތައަށްވުރެ ބޮޑު އަގްލަބިއްޔަތަކުންނެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ރައީސް ސާލިހު ހޯއްދެވީ ތާރީހީ ކާމިޔާބީއެއްކަމަށެވެ. މީގެއިން ދައްކުވައިދެނީ ދަތި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ކުރި މަސައްކަތް ރައްޔިތުން ބަލައިގަތްކަންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ދިވެހި ގައުމު މިވަގުތަށް ސަލާމަތްވެއްޖެކަމަށާއި ނަމަވެސް މަސައްކަތް އަދި އޮތީ ކުރިއަށްކަމަށެވެ.
ޝަރީފް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކުވެސް އޭނާ ނިސްބަތްވާ މަރަދޫ ދާއިރާގެ ކެމްޕެއިން ޓީމުން ކުރި މަސައްކަތް ފާހަގަކުރައްވައި، ޝުކުރު ދަންނަވާފައެވެ.

Allah ge iraadha fulhaa minvaru fulhun Dhivehi Gaumu mi vauthah salaamaiy vejje. Masakkaiy adhi othee kuriyah @ibusolih @faya_i @anuahsa @abdulla_shahid @iameeru @AhmedMahloof @MariyaDidi @Mnashiz
— Ibrahim Shareef (@AdduShareef) January 29, 2023
ޝަރީފް ވިދާޅުވީ ދިވެހި ގައުމު މިވަގުތަށް ސަލާމަތްވެއްޖެކަމަށާއި ނަމަވެސް މަސައްކަތް އަދި އޮތީ ކުރިއަށްކަމަށެވެ.
ޝަރީފް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކުވެސް އޭނާ ނިސްބަތްވާ މަރަދޫ ދާއިރާގެ ކެމްޕެއިން ޓީމުން ކުރި މަސައްކަތް ފާހަގަކުރައްވައި، ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު