އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

އެމްޑިޕީން ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިންވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިޚާބު ކާމިޔާބު ކުރައްވާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ވަގުތީ ނަތީޖާގައި ވަނީ ރައީސް ނަޝީދާއި ރައީސް ސާލީހަށް ލިބިވަޑައިގަތް ވޯޓްގެ ތަފްސީލްތައް ހާމަކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ 24566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 އިންސައްތައެވެ.

ނަޝީދަށް ލިބިވަޑައިގަތީ 15641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.09 އިންސައްތައެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 57255އެވެ. ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 40877އެވެ. އެއީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71.41 އިންސައްތައެވެ.

އިންތިހާބުގެ ސައްހަ ވޯޓްގެ އަދަދަކީ 40207އެވެ. ބާތިލް ވޯޓްގެ އަދަދަކީ 680އެވެ.

މި އިންތިހާބުގައި ވޯޓްލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 282 ފޮށި ބެހެއްޓިއެވެ.



ކިޔުންތެރިންގެ ހިޔާލު