ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަވުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
އިކްރާމް މިކަމަށް ގޮވާލެއްވީ އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީ ގަބޫލުކުރައްވަން ނަޝީދު ދެކޮޅު ހައްދަވަމުންގެންދަވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.
އިކްރާމް ވިދާޅުވީ ސިޔާސީ މަސައްކަތަކީ ގިނިކަންޏާ، ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އަދި ވޯޓެއްގެ ނަތީޖާއަކީ އެތައް ބައެއްގެ ބުރަ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ މި ޕްރައިމަރީގައި ނަޝީދާއެކީ އެތައް ބަޔަކު މަސައްކަތްކުރިކަމަށެވެ. އަދި ޑިމޮކްރަޓިކް ހަމަތަކަށް ރުޖޫއަވެ، ރައީސް ސާލިހާއެކު 2023ގައި ނިކުންނެވުމަށް އިކްރާމް ގޮވާލެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފައިވާއިރު ރައީސް ނަޝީދު އަދިވެސް ބަލި ގަބޫލެއް ނުކުރައްވައެވެ. އަދި އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

Siyaasee masahakathakee ginikanyaa kureveyne masahkatheh noon. Votehge natheejaa akee ethah baehge bura masahkaii. Mi primarygaves RNasheed aa eku ethah bayaku masahkaii kuri. Democratic hamathakah rujooave RSolih aa eku 2023ga nukunnavaa.
— Ikram Hassan MP (@ikramhassan) January 28, 2023
އިކްރާމް ވިދާޅުވީ މި ޕްރައިމަރީގައި ނަޝީދާއެކީ އެތައް ބަޔަކު މަސައްކަތްކުރިކަމަށެވެ. އަދި ޑިމޮކްރަޓިކް ހަމަތަކަށް ރުޖޫއަވެ، ރައީސް ސާލިހާއެކު 2023ގައި ނިކުންނެވުމަށް އިކްރާމް ގޮވާލެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފައިވާއިރު ރައީސް ނަޝީދު އަދިވެސް ބަލި ގަބޫލެއް ނުކުރައްވައެވެ. އަދި އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު