އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެނުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީއަށް އެމްޑީޕީގެ މެމްބަރުން ކުރާ އިތުބާރު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކުރަށްވާފައެވެ. އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި ވާދަކުރައްވައި ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 65 ޕަސެންޓަށްވުރެ މަތިން ވޯޓް ހޯއްދަވަައިގެންނެެވެ. ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިންތިހާބުން ފެނިގެންދިޔައީ ރައީސްގެ ސިޔާސަތުތަކާއި ތަފާތު ކުރުމެއް ނެތި ގެންނަވަމުންދާ ތަރައްގީއަށް އެމްޑީޕީގެ އާންމު މެމްބަރުން ކުރާ އިތުބާރު ކަމަށެވެ.
އިއްޔެ ޕްރައިމަރީ އިން ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް ނަޝީދު ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަށްވަން ދެކޮޅު ހައްދަވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެ އިންތިޚާބުގައި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓްލާފައެވެ. ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދިޔައިރު މާލެ އާއި ބައެއް ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވޯޓްލުން މެދުކަނޑާލަން ޖެހުނެވެެ. މިއީ ފަހަކަށް އައިސް އެމްޑީޕީގައި ބޭއްވި އެންމެ ވާދަވެރި އިންތިޚާބުކަން ފާހަގަކޮށްލެވެއެެވެ.

ކިޔުންތެރިންގެ ހިޔާލު