ކުރިއަށް އޮތް ރިޔާސީ އިންތިހާބު މާ ފަސޭހައިން ކާމިޔާބުކުރައްވާނެކަމަށް މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ހުންނަ އެމަނިކުފާނުގެ ކެމްޕެއިން ޖަގަހައަށް ވަޑައިގެން ވާހަކަދައްކަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނާއެކު ކުރިއަށް ދާން ރާއްޖެ އޮތްކަން ރިޔާސީ ޕްރައިމަރީގެ ނަތީޖާއިން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު މާ ފަސޭހައިން ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބުގައި އެމަނިކުފާނު އުއްމީދުކުރިވަރުގެ ކާމިޔާބީއެއް ލިބިވަޑައިގެންނެވިކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މިހާރު އިންތިހާބުގެ ވާދަވެރިކަން ނިމުނީކަމަށާއި އަދި އެއްވެސް ކަމެއް ހިތްޕުޅުގައި ނެތްކަން ފާހަގަ ކުރައްވައި ރައީސް ވަނީ، އެމްޑީޕީ ކުރިއަށް ގެންދިއުމުގައި ކުރާ މަސައްކަތުގައި ބައިވެރިވުމަށް ވާދަވެރިންނަށް ދައުވަތު ދެއްވާފައެވެ.
މީގެއިތުރުން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ވާދަވެރިންނާއެކު އެކުގައި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ރައީސް ސާލިހުގެ ކާމިޔާބީ ކުރެއްވީ 70 އިންސައްތައަށްވުރެ ބޮޑު އަގްލަބިއްޔަތަކުންނެވެ. ނަމަވެސް އެމަނިކުފާނާއި ވާދަކުރެއްވި ރައީސް ނަޝީދު ވަނީ ބަލި ގަބޫލުކުރަށްވަން ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު