ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތައް ނަމޫނާއަކަށް ބަލައިގެން ކުރިއަށްދިއުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެމްޑީޕީއަށް ގޮވާލައްވައިފިއެވެ.
އަދުރޭ މިކަމަށް ގޮވާލެއްވީ މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. އަދުރޭ މިހެން ވިދާޅުވިއިރު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ދީފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މި ފަހަރު ތަޢާރަފުކުރީ އާ ވައްތަރެއްގެ ޑިމޮކްރަސީއެއްކަމަށެވެ. އަދި އެއަށް ކިޔަން އެންމެ ރަނގަޅީ މަރާބަގުޑި ޑިމޮކްރަސީކަމަށާއި، މިއަދު ފެނުނު މަންޒަރުތަކާއިމެދު އެމްޑީޕީގެ ވެރިން ލަދުގަންނަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކަކީ ނަމޫނާއަކަށް އެމްޑީޕީން ބަލައިގެން ޑިމޮކްރަސީ ދަސްކުރަންޖެހޭކަމަށެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ހިނގި ކަންކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު، އެމްޑީޕީން ވަނީ އިންތިހާބުގެ ކަންކަމަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

MDP ގެ ރިޔާސީ ޕްރައިމަރީގައި މި ފަހަރު މި ތަޢާރަފުކުރީ އާ ވައްތަރެއްގެ ޑިމޮކްރަސީއެއްދޯ.އެ އަށް ކިޔަން އެންމެ ރަނގަޅީ މަރާބަގުޑި ޑިމޮކްރަސީ @ibusolih @MohamedNasheed ލަދެއް ނުގަނޭތަ؟PPM ގެ އެތެރޭގެ އިންތިޚާބުތަކުން ޑިމޮކްރަސީ ދަސްކޮށްބަލަ #RY2023 #IndiaOut #HOPEconference pic.twitter.com/eyDJk9fFJ0
— Abdul Raheem Abdulla (@Banafsaa) January 28, 2023
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ހިނގި ކަންކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު، އެމްޑީޕީން ވަނީ އިންތިހާބުގެ ކަންކަމަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު