މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފަށާފައިވާއިރު، ނަތީޖާތައް ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ.
ގިނަ ވޯޓް ފޮށިތަކެއް ނަތީޖާ ދައްކާ ގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސް ސާލިހެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ ރައީސް ސާލިހަށް މިހާރު މަރުހަބާވެސް ދަންނަވަމުންނެވެ.
މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން ރައީސް ސާލިހުއަށް ވަނީ 68 އިންސައްތަ ވޯޓް ލިބިފައެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 32 އިންސައްތަ ވޯޓެވެ.
އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަޙީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިރޭ 10:00 ގެ ކުރިން އިއުލާން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ވަހީދު ވިދާޅުވީ އިންތިހާބާއި ގުޅިގެން ޝަކުވާތައް އަންނަމުންދާކަމަށާއި އަދި ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
މި އިންތިޚާބުގައި 283 ފޮށްޓަކަށް ވޯޓު ލުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ.

Congratulations HEP Ibrahim Mohamed Solih @ibusolih & Team on winning @MDPSecretariat Presidential Primary 2023.
— Abdulla Mausoom (@Mausoom_Maus) January 28, 2023
Great work Campaign Manager @Mnashiz and
Campaign Teams and the dedicated Voters. #MDPprimary2023 has elevated #Maldives multiparty democracy to another level.
އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަޙީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިރޭ 10:00 ގެ ކުރިން އިއުލާން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ވަހީދު ވިދާޅުވީ އިންތިހާބާއި ގުޅިގެން ޝަކުވާތައް އަންނަމުންދާކަމަށާއި އަދި ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
މި އިންތިޚާބުގައި 283 ފޮށްޓަކަށް ވޯޓު ލުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ.
ކިޔުންތެރިންގެ ހިޔާލު