މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 10:0ގެ ކުރިން އިއުލާންކުރެވޭނެކަމަށް ބެލެވޭކަމުގައި ޕްރައިމަރީ ކަންކަން ބަލަހައްޓާ ކޮމިޓީން ބުނެފިއެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން މިއަދު ހެނދުނު 9:00 ޖެހިއިރު ފެށިއިރު، 5:00 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަޙީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިރޭ 10:00 ގެ ކުރިން އިއުލާން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ވަހީދު ވިދާޅުވީ އިންތިހާބާއި ގުޅިގެން ޝަކުވާތައް އަންނަމުންދާކަމަށާއި އަދި ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

އެމްޑީޕީން ވަނީ ލަހުން ވޯޓުލާން ފެށި މަރުކަޒުތަކުގައާއި، ވޯޓުލާން ކިއު އޮތް މަރުކަޒުތަކުގައި ވޯޓު ފޮށި ބަންދުކުރާ ގަޑި ލަސްވާނެކަމަށް ބުނެއެވެ.

މި އިންތިޚާބުގައި 283 ފޮށްޓަކަށް ވޯޓު ލުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު