މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މަންދޫބުން އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއްކޮށްފިއެވެ.
މިއަދު ހެނދުނު އިންތިހާބުގެ ވޯޓުލުން ފެށުނީއްސުރެ ޕްރައިމަރީގެ ތެރެއިން ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފައެވެ. މިގޮތުން އެންމެ ގިނައިން ފެންމަތިވީ ވޯޓާސް ލިސްޓުގައި ނަން ނެތް ފަރާތްތަކުން އިންތިހާބުގައި ވޯޓްލިކަމަށް ބުނާ މައްސަލައެވެ.
ލިސްޓުގައި ވޯޓް ނެތް މީހުން ވޯޓްލިކަމަށް ބުނެ ބައެއް ރަށްރަށާއި މާލޭގައިވެސް ވަނީ ބޮޑެތި ހަމަޖެހުންތަކެއް ހިނގާފައެވެ. ބައެއް ރަށްރަށުގައި ވޯޓް ފޮށި ފަޅާލައި، ވޯޓް ކަރުދާސްތައް ވީދާލާފައިވެސް އެބަހުއްޓެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކާއި މާރާމާރީވެސް ވަނީ ހިންގާފައެވެ.
އިންތިހާބުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު ކޮންމެ ބަޔަކުވެސް ތުހުމަތުގެ އިނގިލި ދިއްކުރަނީ ވާދަވެރި ކެނޑިޑޭޓްގެ ކެމްޕެއިން ޓީމަށެވެ.
ރައީސް ސާލިހަށް ތާއީދުކުރައްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ހަމަނުޖެހުން ހިންގަމުންދަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްކޮށް ހުންނަވައިގެންކަމަށެވެ. އަދި އީވާ މަސައްކަތް ކުރަނީ އިންތިޚާބު ގަޑުބަޑު ކުރަންކަމަށް ނިހާދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ އީވާ ވިދާޅުވީ އިންތިހާބުގަައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށާއި، ލިސްޓުގައި ނަން ނެތް އެތައް ބަަޔަކު ވޯޓްލާފައިވާކަމަށެވެ. އަދި ވޯޓް ފޮށިތައް ކައިރީގައި ތިބި ރައީސް ނަޝީދުގެ މަންދޫބުން ހައްޔަރުކުރަމުންދާކަމަށްވެސް އީވާ ތުހުމަތުކުރެއްވިއެވެ.
އިވާ ވިދާޅުވީ ރައީސް ނަޝީދުވެސް ހައްޔަރުކުރުމުގެ ބިރު އެބައޮތްކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާއިރު، ބައެއް މަރުކަޒުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. އަދި އިންތިހާބަށް ހުރަސް އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ.

Eva muguluga huregen hurihaa vote foshi thakeh falhan hama nujehun hingaa inthihaabu haraabu kohlan dhanee angamun. Dhera kan kan… feshi iruves feshee fithunain… Ninman ulhenee Ves emagun…
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 28, 2023
ރައީސް ނަޝީދަށް ތާއީދުކުރައްވާ އީވާ ވިދާޅުވީ އިންތިހާބުގަައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށާއި، ލިސްޓުގައި ނަން ނެތް އެތައް ބަަޔަކު ވޯޓްލާފައިވާކަމަށެވެ. އަދި ވޯޓް ފޮށިތައް ކައިރީގައި ތިބި ރައީސް ނަޝީދުގެ މަންދޫބުން ހައްޔަރުކުރަމުންދާކަމަށްވެސް އީވާ ތުހުމަތުކުރެއްވިއެވެ.
އިވާ ވިދާޅުވީ ރައީސް ނަޝީދުވެސް ހައްޔަރުކުރުމުގެ ބިރު އެބައޮތްކަމަށެވެ.
ގދ. ރަތަފަންދޫ ވޯޓުފޮށިކައިރީ ހުރި ރައީސް ނަޝީދު ގެ މަންދޫބުވެސް ހައްޔަރުކޮށްފި. މިދާ ވަރުން ދާނަމަ ރައީސް @MohamedNasheed ހައްޔަރުކޮށްފަނޫނީ @ibusolih ހުއްޓައިލާނެހެން ހިއެއް ނުވޭ. @MDPSecretariat pic.twitter.com/XSm9QHiexH
— Eva Abdulla 🎈❓ (@evattey) January 28, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާއިރު، ބައެއް މަރުކަޒުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. އަދި އިންތިހާބަށް ހުރަސް އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު