މާލޭގެ އިމާރާތެއްގެ 7 ވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ އާރްސީސީ އިމާރާތުގެ 7 ވަނަ ބުރިންނެވެ. އަދި އެމީހާ ނަގައިގެން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އޭރު އެމީހާގެ ހޭވެސް ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ، މައްޗަންގޮޅި ގެއެއްގެ 7 ވަނަބުރީގައި އޭސީއެއް ހަރުކުރަން އުޅުނު ބަނގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކު ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:39 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.



ފުލުހުން ބުނީ އެކަން ހިނގާދިޔަގޮތް ތަހުގީގު ކުރަމުން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު