މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެ ރަށެއްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައެއްގައި ޖުމުލަ 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ބުނީ، ވޯޓު ފޮއްޓަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން ގދ. ރަތަފަންދޫއިން ދެ މީހުން އަދި ތިނަދޫއިން މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ 3 ފިރިހެނުން ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ނުދެއެވެ.
ނަމަވެސް، މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ދެރަށުގެ ވޯޓު ފޮށިވަނީ އުފެދުނު ހަމަނުޖެހުމުގައި ފަޅާލާފައެވެ. އޭގެ ތެރެއިން ފޮއްޓެއް ފަޅާލުމަށްފަހު ކަރުދާސްތައް އިރާ މަންޒަރު ވެސް މިހާރު ވަނީ އާންމު ވެފައެވެ. އަދި ވޯޓު ފޮށި ފަޅާލުމަށްފަހު ވޯޓުލާ މަރުކަޒުގެ ބޭރަށް އެއްލާލައިފައި އޮތް މަންޒަރުވެސް ވަނީ އާންމުވެފައެވެ.
މިއަދުގެ ވޯޓުގައި ފުރަތަމަ މައްސަލަތަކެއް ފެންމަތި ކުރަން ފެށީ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އެގޮތުން ބައެއް ފޮށިތަކުގެ ވޯޓުލުން އެކިފަހަރުމަތިން މަޑުޖެހުނުއިރު އެ ފެކްޝަނުން ދަނީ ވޯޓު އޮޅުވާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ރައީސް ޞާލިހްގެ ފެކްޝަނަށް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު