މަކަރާ ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމަށްފަހު ރާއްޖެއިން ފިލި މީހަކު އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށް ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކުން ރަސްމީކޮށް އާއްމުކޮށްފައި ނުވިޔަސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށް ހައްޔަރުކޮށްފައިވަނީ މުޙައްމަދު އިހްސާން ނަމަކަށް ކިޔާ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރެޑް ނޯޓިސް މެދުވެރިކޮށް އޭނާ ހައްޔަރުކޮށް، ރާއްޖެ ގެނައުމަށްފަހު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ކޯޓުން އޭނާގެ މައްޗަށް ނެރުނު ބަންދު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާ ވަނީ ފައިސާއަށް ޚިޔާނަތްރެރިވިކަމަށް ބުނާ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެ ދޫކޮށް ތައިލެންޑަށް ފުރައިގެން ގޮސްފައެވެ.
އޭނާއާއި ދެކޮޅަށް ހެކީގެ ގޮތުގައި ފުލުހުން ވަނީ އޭނާ ދަބަހެއް ހިފައިގެން ދާ މަންޒަރާއި، ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް ހުރި މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ ހުށަހަޅާފައެވެ.
ކަމާއި ބެހޭ ފަރާތްތަކުން މިކަމާއި ގުޅޭ މައުލޫމާތު އާއްމު ނުކުރާތީ އޭނާ ޚިޔާނާތްތެރިވެފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއަށްކަމެއް ނޭނގެއެވެ. ނަމަވެސް އިންޓަރޕޯލް ރެޑްނޯޓިހެއް މެދުވެރިކޮށް މީހަކު ހައްޔަރުކުރާނީ ވަރަށް ގިނަ އަދަދެއްގެ ފައިސާ އެކަމުގައި ހިމެނޭތީކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު