ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މި އެކްސްޕޯއަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ، ކިޔު ސްޓަޑީ ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެއްކަމަށެވެ.

މި އެކްސްޕޯ މިމަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އެކްސްޕޯގައި ބައިނަލްއަޤްވާމީ ގިނަ ޔުނިވާސިޓީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެލޭޝިއާ، ޔޫކޭ، ޔޫއެސްއޭ، ޔޫރަޕް، އިންޑީއާ އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުން ބައިވެރިވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މި އެކްސްޕޯގެ ތެރެއިން ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ކަމުގެ ތަޖުރިބާކާރުންގެ ފަރާތުން ލިބޭނެކަމަށެވެ.

މި އެކްސްޕޯގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު މި އެކްސްޕޯ އޮންނާނީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހު 30 ވަނަ ދުވަހުގެ 14:00 ން 18:00 އަށެވެ.

މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ސިޓީގައި ވަނީ މިފަދަ އެކްސްޕޯއެއް ބާއްވާފައެވެ. އެ ހަރަކާތަށްވެސް ކުޅުދުއްފުށިން ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު