އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބާއި ގުޅިގެން ފެންނަ މަންޒަރުތަކުން ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމަށް ކާމިޔާބު ކުރެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މިއަދު ހެނދުނު ފެށިގެން ކުރިއަށްދާއިރު އެ އިންތިހާބާއި ގުޅިގެން ދެ ޓީމުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާތީ އެކަމަށް އިޝާރަތް ކުރަށްވަމުންެނެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ކެނޑިޑޭޓަކު ޕްރައިމަރީ ކާމިޔާބު ކުރިނަމަވެސް މި ހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމަށް ނުވަތަ ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެކަމަށެވެ.
މިއަދުގެ ޕްރަައިމަރީގެ ނަތީޖާ ނިކުންނަ ގޮތުމަކުން ޕީޕީއެމްގެ ރިޔާސީ އިންތިހާބުގެ ސްޓްރެޓެޖީސް، ޓެކްޓިކްސް އަދި ރެޓޮރިކް ބަދަލުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލާން މުޅި ރާއްޖޭގައި ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓްލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ނަގާ ޕްރައިމަރީގައި ވޯޓް ދިނުމުގެ ހައްގު އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ލިބިގެންވެއެވެ.

MDP ge komme candidateh kaamiyaabu kurias, mihaalathugai Riyaasee Inthihaabu faseyhakamaaeku @ProgressPartyMV, @prz_ymn ah kaamiyaabu kurevveyne, IA.
— Adam Shareef Umar (@Adamshareefz) January 28, 2023
Miadhu natheejaa nikunnagothun, PPM ge riyaasee inthihaabuge strategies, tactics adhi rhetoric badhaluvaane!#FreePresidentYameen pic.twitter.com/zLH1iEcp6Z
މިއަދުގެ ޕްރަައިމަރީގެ ނަތީޖާ ނިކުންނަ ގޮތުމަކުން ޕީޕީއެމްގެ ރިޔާސީ އިންތިހާބުގެ ސްޓްރެޓެޖީސް، ޓެކްޓިކްސް އަދި ރެޓޮރިކް ބަދަލުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލާން މުޅި ރާއްޖޭގައި ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓްލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ނަގާ ޕްރައިމަރީގައި ވޯޓް ދިނުމުގެ ހައްގު އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ލިބިގެންވެއެވެ.
ކިޔުންތެރިންގެ ހިޔާލު