މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް އޮޅުވާލައި ގަޑުބަޑު ކުރުމުގެ އެެއްވެސް ކަމެއް ނުހިގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. އެމަނިކުފާނު ވޯޓް ލައްވާފައިވަނީ އިސްކަންދަރު ސުކޫލުގައި ބަހައްޓާފައިހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް އޮޅުވާލުމުގެ އެއްވެސް ކަމެއް ހިނގާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ހިންގުމާއި ހަވާލުވެ ތިބީ މީގެ ކުރިން ވެސް އެކަން ކުރެއްވި ބޭފުޅުން ކަމަށާއި ކަންކަން ރޭވިފައި ހުރީ ވޯޓް އޮޅުވާލުމުގެ ފުރުސަތު ލިބޭގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ އެކަހަލަ އެއްވެސް ކަމެއް ހިގާނެހެންއް، އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި އެކަހަލަ ކަމެއް އަދި ނެތް ހިނގާފައެެއް. މިފަހަރަކު ވެސް ހިނގާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ، ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ހަމަޖެހިފައިވަނީ އެއަށް ވުރެ ރަނގަޅަށް،" ވޯޓް އޮޅުވާލާނެ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ އިސްލީޑަރު ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދުގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިފައިވާ ކަމަށާއި ތަފާތު ބޮޑު ނަތީޖާ އަކުން ޕްރައިމަރީ ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް ތަފާތު ބޮޑުކޮށް އިންތިހާބު އަޅުގަނޑު ކާމިޔާބު ކުރާނެ ކަމަށް. އަޅުގަނޑުމެންނަށް މަސައްކަތް ތަކެއް ކުރެވިއްޖެ، އޭގެން ފެންނަނީ އެ މަންޒަރު. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޑިފަރެންސް ބޮޑުކުރުމަށް ކުރާ މަސައްކަތެއް، އަޅުގަނޑު އުންމީދު ކުރަނީ ހަމަ ޑަބަލް ޑިޖިޓްގެ ތަފާތެއް، ނަތީޖާ ނުކުންނަ އިރު ފެންނާނެ ކަމަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު