މާދަމާ ބާއްވާ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަކީ އެ ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިރުޝާދު ދެއްވި ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑު ކުރަން ރާވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކުރި ތުހުމަތުތަކާއި ގުޅިގެން ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ ޓީމުން އެހެން ބުނަނީ އިންތިހާބެއް ގަޑުބަޑު ކުރުމުގެ ފުރުސަތު ނޯންނާނެކަން އެނގި ތިބެ ކަމަށެވެ.
އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރެޓިކް ދެފުށް ފެންނަ އިންތިހާބީ އުސޫލްތައް ރާއްޖެއަށް ތައާރަފުކުރި އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ގަނޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫން ކަން އެނގި ތިބެ، ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއް ނެތި އެފަދަ ތުހުމަތާއި އިލްޒާމް އެޅުވުމަކީ ހިތާމަކުރާ ކަމެެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައިވެއެވެ.
އަދި އެފަދަ ރޭވުންތަކުން އެއްކިބާވެ، މާދަމާގެ ރިޔާސީ ޕްރައިމަރީއަކީ ޑިމޮކްރެޓިކް ރޫހުގައި އެއް އަމާޒަކަށް މަސައްކަތްކޮށް، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ބަދަހި އަދި އެންމެ ވަރުގަދަ ޕާޓީކަން ރާއްޖެ އަށާއި ދުނިޔެއަށް ވެސް ދައްކާ ފުރުސަތަކަށް މިފުރުސަތު ހެދުމަށް އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީއަށް ފަހު، ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޒާތީ ތައައްސުބާއި އެކަށީގެން ނުވާ ބަހުރުވައާއި ޒުވާބާއި ޖަދަލުގެ ތެރެއަށް ނުވެއްޓި ތިބި މެމްބަރުންނަށް ރައީސް ޝުކުރު އަދާކުރައްވާ ކަމަށްވެދް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު