މާލެއަކީ ވަކި މީހެއްގެ ތަނެއް ނޫން ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި މާލޭގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަންގަވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ރައީސް ސޯލިހް ވަަރަށް ބޮޑުތަނުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ. އަދި މާލެއަކީ ވަކި މީހެއްގެ ތަނެއް ނޫން ކަމަށާއި ޕްރައިމަރީގައި މާލޭގެ މެޖޯރިޓީ ވެސް ރައީސް ނަންގަވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެވޭނީ މާދަމާ ކުރާ މަސައްކަތަކުން ކަމަށެވެ. އެގޮތުން ރައީސް ސޯލިހަށް ތާއިދުކޮށް ވޯޓް ދޭނެ ކަަމަށް ބުނެފައިވާ މުޅި ރާއްޖޭގެ ވަރަށް ގިނަ އެމްޑީޕީގެ މެމްބަރުން އެބަތިބި ކަމަށާއި އެމީހުން ވޯޓް ފޮއްޓާ ހަމަޔަށް ގެންގޮސްދޭން ހުރިހާ މެމްބަރުން މަސައްކަތް ކުރަންޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
"މާލެއާއި ހުޅުމާލެއާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުން ކުރަންވީ ކަމަކީ މާދަމާ ރައީސް ސޯލިހަށް ވޯޓް ދޭން ނިންމާފައި ތިބި މީހުން ވޯޓް ފޮއްޓާ ހަމަޔަށް ގެންދިޔުން، އޭރުން އަޅުގަނޑުމެން މޮޅުވާނީ. އަޅުގަނޑުމެންނަށް ހިސާބުތަކުން ކޮންމެ ގޮތަކަށް ފެނުނު ނަމަވެސް ނަތީޖާ ނެރޭނީ ވޯޓް ފޮށިން، ވޯޓް ފޮއްޓާ ހަމަޔަށް ހުރިހާ ވޯޓެއް ގެންގޮސް އެޅީމާ އަޅުގަނޑަށް ވަރަށް ސާފު މި އިންތިޚާބު ބޮޑު ތަނުން އަޅުގަނޑުމެން ނަގާނެ،" ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލީ އެމްޑީޕީގެ ސްޓައިލްގައި ކަމަށާއި މި ކެމްޕެއިން ކުރީ ވެސް އެމްޑީޕީގެ މެމްބަރުން ކުރާ ގޮތަށް ކަމަށެވެ. ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދަވާނީ އަސްލު އެމްޑީޕީގެ މެމްބަރުންނާ އެކު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު