މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވަކިރަށެއް ނެތި ތަފާތު ބޮޑުކޮށް ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމަށް މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިއެއްވުމުގަައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާދަމާގެ ސާފު ޕްރައިމަރީގެ ނަތީޖާ އެބައޮތް ކަމަށެވެ. ރައީސް ވަނީ މާދަމާ ހެނދުނު ވީހާވެސް އަވަހަކަށް އެމަނިކުފާނަށް ސަޕޯޓްކުރާ ހުރިހާ މެމްބަރުން ނިކުމެ ވޯޓްލާން ގޮވާލައްވާފައެވެ.
"ވަރަށް ސާފު ނަތީޖާއެއް އަޅުގަނޑުމެން އަތުގައި އެބައޮތް، ކޮށްލަންވީ ކުޑަކުޑަ މަސައްކަތެއް، މާދަމާ ނިކުމެ ވޯޓް ފޮއްޓަށް އެ ވޯޓް އަޅާލަންވީ. އިރާދަކުރެއްވިޔާ މި އިންތިޚާބު ތަފާތު ބޮޑުކޮށް ވަކި ރަށެއް ނެތި ކާމިޔާބު ކުރެވޭތަން މާދަމާ ރޭ ތިބޭފުޅުންނަށް އިއުލާން ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށަކުން ވެސް ތަފާތު ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ކެމްޕެއިންގައި ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންނެވި ކަމަށާއި ކޮންމެ ރަށަކުން ވެސް ފެންނަނީ ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވެފައި ތިބި މަންޒަރު ކަމަށެވެ. އަދި މާބޮޑު މަސައްކަތެއް ކުރަން އޮތްތަނެއް މިހާރު ނުފެންނަ ކަމަށާއި ރަށްތަކުން އެދެމުން ދަނީ ކުދިކުދި ބަދަލުތައް މަޝްރޫއުތަކަށް ގެނެސްދޭން ކަމަށް ރަައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެޕާޓީގެ މެމްބަރުން އެއްކޮށް ނިކުތުމަށް ވެސް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ވާދަވެރިންނަށް ދަންނަވާލާނީ މި މަސައްކަތް ނިމުމާއެކީގައި މާޒީ އެކަހެރިކޮށް ވޭތުވެ ދިޔަތަން ބާއްވާފައި އަޅުގަނޑުމެން އެކީގައި މި މަސައްކަތް ކުރުމަށް ނިކުތުމަށް. އަޅުގަނޑުމެންނާއި އެކީގައި ބައިވެރިވެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެކައްޗެއްގެ ގޮތުގައި މަސައްކަތް ފަށައިގަތުމަށް. އެކަން ކުރެވިއްޖެނަމަ ބޮޑުތަނުން އެމްޑީޕީން ރިޔާސީ އިންތިޚާބުވެސް ކާމިޔާބުކުރާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވޯޓުލާއިރު މެމްބަރުން މީގެކުރިން ކުރި ތަޖުރިބާތައް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. 2013 އިން ފެށިގެން 2018 އާ ދޭތެރޭ މުޅި ރާއްޖެ ތަހައްމަލު ކުރީ ބިރުވެރިކަން ކަމަށާއި މިއަދު ރާއްޖެއަށް ހަމަޖެހުން ގެނެވިފައިވަނި ކުރެވުނު ބުރަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އިދިކޮޅާއި އެތެރެއިން އުނދަގޫ ކުރިމަތިކުރުވި.، އެކަންކަމާ ދޭތެރޭ ވިސްނުންތެރިކަމާއެކު ގޮތް ނިންމުމުން މި ހިސާބަށް އާދެވުނީ. ދެވަނަ ފަހަރަށް އެކަހަލަ ދަތި އުނދަގުލެއް ކުރިމަތިވިޔަ ނުދޭނަން." ރައީސް ވިދާޅުވިއެވެ.

ކެމްޕެއިން ނިންމާލުމަށް ހުޅުމާލޭގައި ބާއްވާ ހަރަކާތަށް ރައީސް ވަޑައިގެންފި، ފޯރިގަދަ. 🕺😍
— Hussain Shafiu (@charly_thuthu) January 27, 2023
މިކަން ނިނިއްޖޭ ބޮޑުތަނުން ނިމިއްޖޭ.#MDPKuriah #Ibu2023 pic.twitter.com/eAnslu11Gi
"ވަރަށް ސާފު ނަތީޖާއެއް އަޅުގަނޑުމެން އަތުގައި އެބައޮތް، ކޮށްލަންވީ ކުޑަކުޑަ މަސައްކަތެއް، މާދަމާ ނިކުމެ ވޯޓް ފޮއްޓަށް އެ ވޯޓް އަޅާލަންވީ. އިރާދަކުރެއްވިޔާ މި އިންތިޚާބު ތަފާތު ބޮޑުކޮށް ވަކި ރަށެއް ނެތި ކާމިޔާބު ކުރެވޭތަން މާދަމާ ރޭ ތިބޭފުޅުންނަށް އިއުލާން ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށަކުން ވެސް ތަފާތު ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ކެމްޕެއިންގައި ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންނެވި ކަމަށާއި ކޮންމެ ރަށަކުން ވެސް ފެންނަނީ ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވެފައި ތިބި މަންޒަރު ކަމަށެވެ. އަދި މާބޮޑު މަސައްކަތެއް ކުރަން އޮތްތަނެއް މިހާރު ނުފެންނަ ކަމަށާއި ރަށްތަކުން އެދެމުން ދަނީ ކުދިކުދި ބަދަލުތައް މަޝްރޫއުތަކަށް ގެނެސްދޭން ކަމަށް ރަައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެޕާޓީގެ މެމްބަރުން އެއްކޮށް ނިކުތުމަށް ވެސް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ވާދަވެރިންނަށް ދަންނަވާލާނީ މި މަސައްކަތް ނިމުމާއެކީގައި މާޒީ އެކަހެރިކޮށް ވޭތުވެ ދިޔަތަން ބާއްވާފައި އަޅުގަނޑުމެން އެކީގައި މި މަސައްކަތް ކުރުމަށް ނިކުތުމަށް. އަޅުގަނޑުމެންނާއި އެކީގައި ބައިވެރިވެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެކައްޗެއްގެ ގޮތުގައި މަސައްކަތް ފަށައިގަތުމަށް. އެކަން ކުރެވިއްޖެނަމަ ބޮޑުތަނުން އެމްޑީޕީން ރިޔާސީ އިންތިޚާބުވެސް ކާމިޔާބުކުރާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވޯޓުލާއިރު މެމްބަރުން މީގެކުރިން ކުރި ތަޖުރިބާތައް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. 2013 އިން ފެށިގެން 2018 އާ ދޭތެރޭ މުޅި ރާއްޖެ ތަހައްމަލު ކުރީ ބިރުވެރިކަން ކަމަށާއި މިއަދު ރާއްޖެއަށް ހަމަޖެހުން ގެނެވިފައިވަނި ކުރެވުނު ބުރަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އިދިކޮޅާއި އެތެރެއިން އުނދަގޫ ކުރިމަތިކުރުވި.، އެކަންކަމާ ދޭތެރޭ ވިސްނުންތެރިކަމާއެކު ގޮތް ނިންމުމުން މި ހިސާބަށް އާދެވުނީ. ދެވަނަ ފަހަރަށް އެކަހަލަ ދަތި އުނދަގުލެއް ކުރިމަތިވިޔަ ނުދޭނަން." ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު