އެމްޑީޕީ އަނބުރާ އެ ޕާޓީގެ މެމްބަރުންނަށް ހޯއްދަވައިދެއްވާނެ ކަމަށް އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕްރައިމަރީ ކެންޕޭން ނިންމާލުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެއީ އެމްޑީޕީ އަލުން އަނބުރާ އެމްޑީޕީގެ މެމްބަރުންނަށް ހޯދުމަށްޓަކައި ކަމަށާއި އެޕާޓީގެ މެމްބަރުންނަށް ހޮނިހިރު ދުވަހު އަލުން ޕާޓީ އަނބުރާ ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ ކާމިޔާބުކުރަށްވައި ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުން ވެސް މޮޅުވާނެ ކަމަށެވެ. އަދި ނޮވެމްބަރު މަހުގައި ރައްޔިތުން އަނެއްކާ ވެސް ތިބޭނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވަމުން ދާނަމަ ރައްޔިތުންނަށް އޭގެ މަންފާއާއި ފައިދާ ލިބެމުންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ އިއްތިހާދުގެ ސިޔާސަތު ތަންފީޒުކުރަމުން ގެންދާތީ. މި ޕާޓީގެ ވިސްނުމާއި ފިކުރާއި ދުރުވެ ކަންކަން ކުރަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަރަށް ފޯރި އާއި ޖޯޝާއެކު ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ޖީއެސްޓީ ކުޑަކުރުމަށާއި ސްޓޫޑެންޓް ލޯނާއި ގައުމުގެ ދަރަނި ރީސްޓްރަކްޗާކޮށް ފަރުދުންގެ އާމްދަނީ ދެގުނަކޮށްދެއްވާނެ ކަމަށް ނަޝީދު ވަނީ ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން