ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ޝައްކުކޮށް، ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ޖަލްސާ ކުރިން ރާވާފައި އޮތް ވަގުތަށްވުރެ އަވަހަށް ނިންމާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރައީސް ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުންގެ ހިދުމަތަށް ލިބިފައި ނުވާ ކަމަށެވެ.

އަދި އެފަދަ މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައިވޭތޯވެސް ފުލުހުންގެ ހިދުމަތުން ސާފުކުރުމުން އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ ފުލުހުންގެ ފަރާތުން މައުލޫމާތު އޮޅުންނުފިލުވައި ކަމަށެވެ.

ރައީސް ނަޝީދު މިރޭގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވާ ނިންމަވައިލެއްވުމާއެކު އެމަނިކުފާނުގެ ސެކިއުރިޓީން ވަނީ އެމަނިކުފާނު އާޓިފިޝަލް ބީޗުން ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް މާދަމާ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން