މި އަހަރުގެ އޯގަސްޓު ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޝަންގްރިއްލާ ހިންގުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިހާރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން ޝަންގްރިއްލާ ހިންގާ ފަރާތަށް މިހާރު އަންގައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ޝަންގްރިއްލާ ހިންގާ ފަރާތްތަކުން އެކަމާމެދު އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމެއް ނިންމަންޖެހޭނެ ކަމަށެވެ. އެގޮތުން އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވޭ ވަރަށް މަސައްކަތް ކުރާނެ ކަމަށް އަންގާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫއަށް ބިން އިތުރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާކަމަށެވެ. އަދި އައްޑޫއަށް 236 ހެކްޓަރުގެ ބިން އިތުރުކޮށް ފަސް ރިސޯޓު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަންކެޑެ މަޝްރޫގެ އެންމެ ފަހުގެ ޕްލޭންތައްކޮށް، އަމަލީ ގޮތުން މަސައްކަތް ފަށަން ފައިސާ ހޯދައިފައިވާކަމަށް ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި 8،000 އެނދު އިތުރުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުދެމުންދާތަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށެވެ.

އައްޑުއަތޮޅު ޝަންގްރިއްލާ ބަންދުކޮށްފައިވަނީ ކޮވިޑާ ގުޅިގެން 2020 ގެ މެދު ތެރޭގައެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ނުހުޅުވި ލަސްވުމަކީ އައްޑޫގެ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ. ޝަންގްރިއްލާގެ އިންވެސްޓްމެންޓަކީ ސަރުކާރުގެ 30 ޕަސެންޓް އަދި އެހެން ބައެއްގެ 70 ޕަސެންޓާއެކު ކޮށްފައި އޮތް އިންވެސްޓްމެންޓެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން