ހިޔާ ޓަވަރަކުން އެއްލި ފެންކޮތަޅެއް މާބަނޑު މީހެއްގައިގައި ޖެހި އަނިޔާވެއްނެ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ހިޔާގެ 16ވަނަ ޓަވަރުގައި ގާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ދަނިކޮށް ހިޔާގެ 15 ވަނަ ޓަވަރުގެ އެޕާޓްމެންޓަކުން ފެންކޮތަޅުތަކެއް އުކާފައިވާ ކަމަށެވެ.

ނައިބުރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގެ ބައިވެރިންނަށް އަމާޒުކޮށް އުކި ފެންކޮތަޅުތަކުގެ ތެރެއިން ކޮތަޅެއް އެ ކުންފުނީގެ މާބަނޑު މުވައްޒަފެއްގެ ގައިގައި ޖެހި ގެއްލުންވެފައިވާ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

އެޗްޑީސީން ބުނީ ސިޔާސީ ބޭނުމަށް މަދު ބަޔަކު ހިންގާ މުޖުތަމައުގެ އާއްމު މިންގަނޑުތަކާއި ހިލާފު މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން