އިސްލާމްދީނާއި ގައުމަށް ކުލުނެއް ހުރި މީހަކު ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ނުކުރާނެ ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް މިއަދު ވިދާޅުވީ އިސްލާމްދީނާއި ވަތަނަށް އެމީހެއްގެ ހިތުގައި ޒައްރެއްގެ މިންވަރުގެ ކުލުނެެއް ހުރި މީހަކު ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ނުކުރާނެ ކަމަށެވެ. އިޔާޒު ވިދާޅުވީ ނަޝީދުގެ ސަބަބުން ދިވެހިންނަށް ލިބުނު ފައިދާ އަށްވުރެ ލިބުނު އަދި ލިބެމުންދާ ގެއްްލުން ބޮޑުވެފައި ނުރައްކާ ކަމަށެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައިވާއިރު އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެ ޕްރައިމަރީގައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް އަދާލަތު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ޑރ. އިޔާޒު ފަދަ ބޭފުޅުން ފާޑުވިދާޅުވެ ވަކި ކެންޑިޑޭޓަކާ ދެކޮޅަށް ކެމްޕޭން ކުރަށްވާތީ ފާޑުވިދާޅުވާ ފަރާތްތަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ އެމްޑީޕީގެ އިންތިޚާބަކީ އެތެރޭގެ އިންތިޚާބެއް ނަމަވެސް ގައުމުގެ މަސްލަހަތު އެކަމަކާއި ގުޅިފައިވާ ކަންކަމުގައި ބަސް ބުނަންޖެހޭ ކަމަށެވެ. އަދި ހަގީގަތް ހާމަކުރަންޖެހޭ ކަމަށާއި އެކަން ވަންހަނާކޮށް ސިހިފައި ހުރުމަކީ ޚިޔާނާތެެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ސިޔާސަތުތަކަށް އަބަދުވެސް ފާޑުވިދާޅުވަމުން ގެންދަވާ އިޔާޒް މީގެ ކުރިން ވިދާޅުވެފައިވަނީ ނަޝީދުގެ ފަރާތުން ގައުމަށް އިތުރު ގެއްލުމެއް ނުލިބޭތޯ ދުއާ ކުރަންޖެހޭކަމަށެވެ.

އިޔާޒު ވިދާޅުވީ ނަޝީދަކީ ދީނީ އަދި ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ފަރާތެއް ކަމަށެވެ. އަދި އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅާ މަސައްކަތް ކުރަންޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

މުހައްމަދު

20-Feb-2023

2008 ގައި ނަޝީދު ވެރިކަމަށްގެންނަން މަސައްކަތްކުރެއްވީވެސް އިޔާޒުމެން އެއިރުވެސް ގައުމަށް ހެޔޮއެދޭމީހުން ބުނި ވާހަކަ އިޔާޒުމެން ގަބޫލިކުރިނަމަމިއަދުތިވާހަކަ ދައްކާކަށްނުޖެހުނީސް



ޓްރެންޑިން